ކުޅިވަރު

14 އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ހޯދައިފި


އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފިއެވެ. 

މަޖީދިއްޔާ ސްކޫލް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިސްކަންދަރު ސްކޫލާ ވާދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ. އިއްޔެ ހަވީރު ރަސްމީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަހުމަދު މާއިޝް ރަޝީދުއެވެ. އިސްކަންދަރު ސްކޫލްގެ ލަނޑު ޖެހީ މުޙައްމަދު ޒަޔާން އިސްމާއީލްއެވެ.

 މުބާރާތުގައި މިހާރު ކުރިއަށްދަނީ 18 އަހަރުން ދަށުގެ މެޗުތަކެވެ. 18 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.