ޚަބަރު

އިދިކޮޅުން ހިންގާ "ހައިޖާނު"ގެ ޒިންމާ ޤާސިމް ނަގަންޖެހޭނެ


ރާއްޖޭގެ ތަޞައްވަރު ހުތުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ހިންގަމުން ގެންދާ ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ޤާސިމް އިބްރާޙިމް އުފުލަންޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ތާރިޤް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ދަތިކޮށް ރާއްޖޭގެ ތަޞައްވަރު ހުތުރުކޮށް ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުވާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ "ހައިޖާނު"ގެ ޒިންމާ ޤާސިމް އިބްރާހި،މް އުފުލަންޖެހޭނެ ކަމަށެވެ. އަދި އިދިކޮޅުން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ޢާންމުންނަށް އުނދަގޫވާކަމަށާއި އެކަމުގެ ޒިންމާވެސް ޤާސިމް އިބްރާޙިމް އުފުލަންޖެހޭނެ ކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

tw:https://twitter.com/Thoriqibrahim/status/969640433465749504

މިނިސްޓަރ ތާރިޤް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ޙަރަކާތްތަކާއި ރާއްޖޭގައި އުފެދިފައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށް ޤާސިމް އިބްރާޙިމް އިސްވެ ހުންނަވައިގެން ޚަރަދު ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.