ޚަބަރު

ވިއްސާރައިގެ ސަބަބުން މޫސުމަށް ސަމާލުވުމަށް އަންގައިފި





 


ހުޅަގު މޫސުމާއި ގުޅިގެން ރާއްޖޭގެ ހުޅަނގާއި އިރުމަތީގައި ގިނަޢަދަދަކަށް ބޯވިއްސާރަ ވިލާ އުފެދެމުންދާ ކަމަށާއި އެހެންކަމުން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.


  
އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި  ކުރިއަށް އޮތް ސާޅީސް އަށް ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން  އާންމުގޮތެއްގައި ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރު އަތޮޅުތަކަށް ގަޑިއަކު  އަށް މޭލާ އަށާރަ މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް، ގަޑިއަކު ފަނަރަ މޭލާއި ފަންސާވީސް މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ސާޅީސް މޭލާއި ސާޅީސް ފަސް މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.


 
މިވިއްސާރައިގައި އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްޞަކޮށް ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.


 


 


މިހާރު މި ކުރާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. ވައިޓް އެލަރޓަކީ  އާއްމުކޮށް މޫސުން އޮންނަ ވަރަށް ވުރެ ގޯސް ވުމުން ނެރޭ އެލަރޓެކެވެ.