ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެގައުމަކަށް ސަފީރުން އައްޔަނު ކުރައްވައިފި





 


ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ގަލޮޅު ޒަފްނާ ޒާހިޔާ ޒަރީރު، އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހެންވޭރު ރާޅާހާ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.


 
މި ދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.


 
 


ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޒާހިޔާ ޒަރީރު އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މޭޖަރ ޖެނެރަލް ރިޓަޔާރޑް މޫސާ ޢަލީ ޖަލީލު، މި ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއްވައެވެ.