ވިޔަފާރި

"މޯލްޑިވްސް ބޯޓިން އެވޯޑް" ދިނުމުގެ ހަފްލާ ރޭ ބާއްވައިފި





 


ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ލިވްއަބޯޑްތަކަށް ޚާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް" ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.


 
ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ދިން މި އެވޯޑް ތަފާތު 22 ކެޓަގަރީއަކުން ދީފައިވެއެވެ. ހުޅުމާލޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރޭގައި ކުރިއަށްދިޔަ މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ލިވްއަބޯޑްތަކަށް ޚާއްސަ ކޮށްދެވޭ އެވޯޑެކެވެ. ރޭގެ ރަސްމިއްޔާތުގައި ދިން އެންމެ ޚާއްސަ އެވޯޑުތަކަށް ބަލާއިރު، މިދާއިރާ ކުރިއެރުވުމަށް އެންމެ ފައިދާ ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދޭ، ބޯޓިން ޕާސަނަލިޓީ އޮފް ދި އިޔަރ އެވޯޑް ލިބިފައިވަނީ، އިބްރާހީމް ރަޝީދަށެވެ.


 
އެންމެމޮޅު ލިވަބޯޑް ނުވަތަ ޔޮޓްގެ އެވޯޑު ލިބިފައިވަނީ، ލިއޯ ލަގްޒަރީ ޔޮޓަށެވެ. އަދި އެންމެ ރަނގަޅު ޔޮޓް އޮޕަރޭޓަރަކަށް ހޮވިފައިވަނީ، ބްލޫ ހޮރިޒަންއެވެ. ބެސްޓް ސާފް ސަފާރީއަކަށް ހޮވިފައި ވަނީ، ވޮޔޭގްސް މޯލްޑިވްސްގެ ހުރަހަލި ސަފާރީއެވެ. އަދި އެންމެ ފާހަގަކޮށްލެވޭ ޑައިވް ސަފާރީއަކަށް ކޮސްޓެލޭޝަން ފްލީޓްގެ އެމްވީ އޮރިއަން ވަނީ ހޮވިފައެވެ. އަދި މަސްވެރިކަމަށް އެންމެ ފާހަގަކޮށްލެވޭ ފިޝިން ސަފާރީއަކަށް ހޮވިފައި ވަނީ، ބްލޫކޭ ސަފާރީގެ ޑޯލްފިންއެވެ.




 


މި އެވޯޑުތައް ދީފައިވައި ވަނީ، އޮންލައިން ވޯޓިންގެ 40 އިންސައްތައާއި ޖަޖުންގެ 60 އިންސައްތަ މާރކްސް ލިބިގެންނެވެ.