ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް އެމްއާރުޑިސީއަށް


ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭއާއި އޭޕްރަންގެ މަސައްކަތް އެމްއާރުޑީސީ އާ ޙަވާލުކުރަން ނިންމައިފިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭއާއި އޭޕްރަންގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ޢިއުލާންކުރުމުން އެކަމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެމްއާރުޑީސީންކަމަށް ސަރުކާރުން ބުނެއެވެ. އެމްއާރުޑީސީގެ އިތުރުން ދެން މިކަމަށް ޕްރޮޕޯސަލް ހުށަހެޅީ އެމްޓީސީސީންނެވެ.

ކުޅުދުއްފުށި އެއަރޕޯޓުގެ ރަންވޭއާއި އޭޕްރަންގެ މަސައްކަތް އެމްއާރުޑީއާ ޙަވާލުކުރުމަށް ކުރިއަށް އޮތް ދެތިންދުވަހުގެ ތެރޭގައި ސަރުކާރުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ. 

ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެމްއާރޑީސީއާ ޙަވާލުކުރުމަށް ނިންމާފައިވާއިރު ކުޅުދުއްފުށީ އެއަރޕޯޓް ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވަނީ މިދިޔަމަހުގެ 25ވަނަ ދުވަހު ނިންމާފައެވެ. މި މަސައްކަތުގެ ދަށުން އެއަރޕޯޓް ހެދުމަށް ވަނީ 15 ހެކްޓަރުގެބިން ހިއްކާފައެވެ. ހިއްކާފައިވަނީ އެރަށު ފަޅުން 6 ހެކްޓަރާއި، ކުޅި ހިމެނޭ ސަރަޙައްދުން 9ހެކްޓަރެވެ. ކުޅުދުއްފުށީ ކުޅި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ މެދުތެރޭގައެވެ. މި މަޝްރޫޢު އިފްފްތިތާޙްކޮށްދެއްވާފައިވަނީ ރަޢީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.މި މަޝްރޫޢުގެ ދަށުން ބިން ހިއްކާ ސަރަޙައްދުގެ ޝޯ-ޕްރޮޓެކްޝާންގެ މަސައްކަތްތައް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ބިން ހިއްކުމާއިޝޯ-ޕްރޮޓެކްޝަންގެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.ކުޅުދުއްފުށީގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކާފައިވަނީ ބިން ހިއްކުމުގެމަސައްކަތް ފުޅާކުރުމަށްޓަކައި އެމް.ޓީ.ސީ.ސީން ބަނދެފައިވާ "މަހާޖައްރާފު" ބޭނުންކޮށްގެންނެވެ.