ޚަބަރު

ޚިދުމަތް ދޭތާ 3 މަސް ނުވިޔަސް އާސަންދަ ޚިދުމަތަށް ހުށެހެޅޭނެ


ސިއްހީ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީ ކުރުމަށްފަހު ޚިދުމަތް ދޭތާ 3 މަސް ނުވިޔަސް އާސަންދަގެ ޚިދުމަތަށް އެދި ހުށެހެޅޭ ގޮތަށް އާސަންދަ ހިންގުމުގެ ޤަވާއިދު އިސްލާހް ކޮށްފިއެވެ.

އާސަންދަ ހިންގުމުގެ ޤަވާއިދުގައި ކުރިން އޮންނަ ގޮތުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން މަސް ވެފައިވާ ތަންތަނަށެވެ. މިހާތަނަށް އެއުސޫލުން އިސްތިސްނާ ވެފައިވަނީ ބޭސްފިހާރަތައް އެކަންޏެވެ. ނަމަވެސް ޤަވާއިދަށް މިގެނައި ބަދަލާއި ގުޅިގެން ސިއްހީ ޚިދުމަތް ދޭ ތަންތަނާއި އޮޕްޓިކަލް ސެންޓަރުތަކާއި ޑައިގްނޯސްޓިކް ސެންޓަރުތައް ރަޖިސްޓްރީ ކޮށްގެން ހިންގާތާ 3 މަސް ނުވިޔަސް އާސަންދަގެ ޚިދުމަތަށް އެދި ހުށެހެޅޭނެއެވެ.

ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ ޚިދުމަތް އެ ތަނަކުން ފޯރުކޮށް ދިނުމަށް އެދި ހުށަހަޅާ ތަނެއްގައި ހުންނަން ޖެހޭނެ ޝަރުތުތައް ޤަވައިދުގައި ބަޔާންކޮށްފައި ވެއެވެ. އެޝަރުތުތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.