ހަތަރު އަހަރު

މިމަހުގެ 31ވާ އާދިއްތަ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހެއް


މިމަހުގެ 31 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މުވައްޒަފުންގެ ލުއި ފަސޭހަ އަށް ޓަކައިކަމަށެވެ.

 އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން އާ އަހަރާ ދިމާކޮށް ބަންދުގެ ގޮތުގައި ހަތަރު ދުވަސް ލިބިގެންދާނެއެވެ.