ޚަބަރު

"އެލައިޑްހަލް ޕްރަމޯޝަން" ގެ ނަސީބުވެރިޔާ ހޮވައިފި


އެލައިޑް އިންޝުއަރެންސް އާއި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދިޔަ "އެލައިޑްހަލް ޕްރަމޯޝަން"ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ޕްރަމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ށ. ކޮމަންޑޫ، ބަނަފްސާ އަޙުމަދު އިސްމާޢީލެވެ. މި ޕްރަމޯޝަންގެ އިނާމަކަށް އެމްޓީސީސީން ހުށައަޅާފައިވަނީ ފޯރސްޓްރޯކް ފަސްދޮޅަސް ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ދިހަޔަކުން ޑިސެމްބަރ ދިހަޔަކަށް ކުރިއަށްދިޔަ މި ޕްރަމޯޝަންގައި އަށްޑިހަ އަށް ފަރާތަކުން ބައިވެރިވެފައިވެއެވެ. މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ފެށި މި ޕްރަމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ އެލައިޑް އިންސިއުރެންސުން ކުރިއަށްގެންދާ "މެރިން ހަލް އިންޝުއަރެންސް" އާއި "ބޯޓް ބިލްޑިންގ އިންސިއުރެންސް" ގައި ބައިވެރިވާ ފަރާތްތަކަށެވެ. 

ހަލް އިންޝުއަރެންސް އަކީ ކަނޑުމަތީގައި އުޅަނދަށް ދިމާވެދާނެ ނުރައްކަލުން ކުރިމަތިވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ ހާއްސަ ޕްލޭނެކެވެ. މި ޕްލޭނުން އުޅަނދާއި ފަޅުވެރިން އަދި ޕަސެންޖަރުންނަށް ދިމާާވާ ހާދިސާއަކުން ލިބޭ ގެއްލުމަށް ބަދަލު ލިބޭނެއެވެ.ބޯޓް ބިލްޑިން އިންޝުއަރެންސަކީ ބޯޓް ހަރުގޭގައި ބަންނަމުންްދާއިރު ބޯޓަށް ދިމާވާ ގެއްލުންތަކަށް ބަދަލުދޭ އިންޝުއަރެންސްއެކެވެ.