ޚަބަރު

އިންފޮމޭޝަން ޓްކެނޮލޮޖީގެ ދާއިރާއިން ރާއްޖެ ކުރީގައި


އިންފޮމޭޝަން ޓްކެނޮލޮޖީގެ ދާއިރާއިން ދެކުނު އޭޝިއާގައި އެންމެ ކުރިއަރާފައިވާ ޤައުމަކީ ރާއްޖެ ކަމަށް ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަން ޔޫނިއަން އައިޓީޔޫއިން ބުނެފިއެވެ.

'މެޝަރިންގ ދަ އިންފޮމޭޝަން ސޮސައިޓީ ރިޕޯޓު'ގެ ނަމުގައި އައިޓީޔޫއިން ނެރުނު ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ ފަހެއް ޕޮއިންޓް ދޭއް ފަހެއް ގެ ސްކޯރއެއް ލިބިފައެެވެ.

ދެކެނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދެވަނައަށް އެންމެ ބޮޑަށް ކުރިއަރާފައިވަނީ ސްރީލަންކާއެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ދެކުނު އޭޝިއާގެ ޤައުމަކީ އަފްގާނިސްތާން ކަމަށް މި ރިޕޯޓުގައިވެއެވެ.

ޤައުމުތަކަށް ސްކޯރ ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ޤައުމުގައި ހިފާ މީހުންގެ އަދަދާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރާ މިންވަރާއި މީހުންގެ މެދުގައި މުއާމަލާތްކުރުމަށް އިންޓަރނެޓްގެ ބޭނުން ހިފާ މިންވަރު ފަދަ ކަންތައްތައް ބަލާފައިވެއެވެ.

މި ރިޕޯޓުގައި ޖުމްލަ ސަތޭކަ ހަތްދިހަ ހަ ޤައުމު ހިމަނާފައިވާ އިރު، އެންމެ ކުރީގައި އޮތީ އައިސްލޭންޑެވެ. ދެވަނައަށް ހޮވިފައިވަނީ ކޮރެއާއެެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ އަށްޑިހަ ފަސްވަނައި ގައެވެ.