ޚަބަރު

ކޯސްޓްގާޑުން ހިފެހެއްޓި މަސްބޯޓުތަކުގެ ތަހްޤީގު ފަށައިފި


ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ލަންކާގެ ދެ މަސްބޯޓު މާލެ ގެނެސް އެކަމުގެ ތަހްޤީގު ފަށައިފިއެވެ.  

މިދިޔަ އަންގާރަ ދުވަހު ވ. އަތޮޅުގެ އިރުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނައި މަސްބޯޓްތައް މާލެ ގެނައީ މިއަދުގެ ވަގުތެއްގައެވެ. އަދި މިކަން ތަހުޤީގުކުރުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާއާއި މިހާރު ހަވާލުކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.

ދިގުމިނުގައި 13 މީޓަރު ހުރި މި ދެ މަސް ބޯޓުގައި 10 މީހުން ތިބިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ބުނެއެވެ. މި ދެ މަސް ބޯޓު މާލެ ގެނައުމުގެ މަސައްކަތް އަންގާރަދުވަހު ފެށިނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވީކަމަށް އެމް.އެން.ޑީއެފުން ބުނެއެވެ.