ޚަބަރު

ދަށު ކޯޓްތަކަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ


މިއަހަރުގެ 3 ވަނަ ތިން މަހުގައި ދަށު ކޯޓްތަކަށް ހުށަހެޅި މައްސަލަތައް އިތުރުވެއްޖެއެވެ.

ޝަރުޢީ ދާއިރާގެ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ޕާރފޯމަންސް ރިޕޯޓުގައި ބުނާ ގޮތުން ފުރަތަމަ މަރުޙަލާގެ ކޯޓްތަކަށް ހުށަހެޅުނު މައްސަލަތައް ވަނީ މިދިޔައަހަރުގެ ތިންވަނަ ކުއާޓަރއާ އަޅާ ބަލާއިރު 36 އިންސައްތަ އިތުތުވެފައެވެ. އެގޮތުން މިދިޔައަރުގެ 3 ވަނަ ތިންމަސްދުވަހު ދަށު ކޯޓްތަކަށް 4263 މައްސަލަ ހުށަހެޅިއިރު މިއަހަރު އެ އަދަދު ވަނީ 5799 އަށް މަތިވެފައެވެ.

ކޯޓްތަކަށް ހުށަހެޅި މައްސަލަތައް އިތުރުވި ނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ކޯޓްތަކުން ނިންމާފައިވާ މައްސަލަތަކުގެ އަދަދު ވަނީ މަދުވެފައެވެ. އެގޮތުން 2016 ވަނަ އަހަރު ތިންވަނަ ކުއާޓަރގައި ކޯޓްތަކުން 4707 މައްސަލަ ނިންމާފައިވެއެވެ. ނަމަވެސް މިއަހަރު މިމުއްދަތުގައި ކޯޓްތަކުން ނިންމާފައިވަނީ 4493 މައްސަލައެވެ.

ހުށައެޅުނު މައްސަލަތަކުގެ ނިސްބަތުން ނިންމި މައްސަލަ ތަކުގެ އިންސައްތަ، ނުވަތަ ކޭސް ކްލިއަރެންސް ރޭޓަކީ 77 އިންސައްތައެވެ.