ޚަބަރު

ޒުވާނުންގެ އެވޯޑް ދިނުމުގެ ހަފްލާ މިރޭ އޮންނާނެ!


ޒުވާނުންގެ އެވޯޑް ދިނުމުގެ ހަފްލާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.

މި ހަފްލާގައި ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ފަންސާހަށްވުރެ ގިނަ އެޕްލިކޭޝަންސް ފޯރމް ހުށައަޅާފައިވެއެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ޖުމްލަ 11 ދާއިރާއަކުން ހުޅުވާލި ނަމަވެސް، ލިބުނު އެޕްލިކޭޝަންތަކަށް ބެލުމަށްފަހު ޝަރުތުތައް ހަމަވެފައިވަނީ 8 ދާއިރާއަކުން ލިބިފައިވާ ހުށަހެޅުންތަކަށެވެ.

މިއަހަރުގެ އެންމެ ޝަރަފްވެރި އެވޯޑަކީ ޝަހީދު ޖަވާދު އުމަރުގެ ހަދާނީ ފިލައެވެ. މި އެވޯޑަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އެހެން މީހުންނަށް އެހީތެރިވެދީފައިވާ ފަރާތަކަށް ދޭ އެވޯޑެކެވެ.

ޒުވާނުންގެ އެވޯޑަކީ ދިވެހި ޒުވާނުން، ބައިނަލްއަޤްވާމީ އަދި ޤައުމީ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ޔާމީން ދެއްވަން ފެއްޓެވި ޝަރަފުވެރި އެވޯޑެކެވެ.