ކުޅިވަރު

ތިނަދޫ އަދި ކުޑަހުވަދޫގެ ކުރިމަތިލުން ހަމަހަމަ!


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ދ.ކުޑަހުވަދޫ އާއި ގދ.ތިނަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. 

މިއަދު ހަވީރު ކުޑަހުވަދޫ އަދި ތިނަދޫ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. މި މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ލިބުނުކަން ފާހަގަކޮށްލެވެއެވެ. 

މެޗަށް ފަހު ތިނަދޫ ޓީމްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ޕޮއިންޓެއް ލިބުމަކީ ލީގުގައި ކުރިޔަށްދާން ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއަދުގެ މެޗްގައި ކުޅުންތެރިންގެ މަސައްކަތާއި ދެއްކި ކުޅުން ކޯޗު މޯހަން ފާހަގަކުރިއެވެ. ލީގުގެ ދެވަނަ ބުރުގެ ޝެޑިއުލަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން އަތޮޅުތަކުގެ ޓީމްތަކަށް މެޗު ކުޅެން އައުއުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވާނެކަމަށް ކޯޗް މޯހަން ވަނީ ފާހަގަކޮށްފައެވެ.

"ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ، ބުރަކޮށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކޮށްފި" މޯހަން ބުންޏެވެ.

ތިނަދޫ ޓީމްގެ ކޯޗް އަލީ ސުޒޭން ބުނީ މުޅި މެޗަށް ބަލާ އިރު ފުރަތަމަ ހާފްގައި ތިނަދޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު ކަމަށެވެ. ހާއްސަކޮށް ކުޑަހުވަދޫން މުޅި މެޗްގައި ވަރަށް ރަނގަޅަށް ޑިފެންސް ކުރިކަން ސުޒޭން ފާހަގަކުރިއެވެ. ސުޒޭން ބުނީ މި މެޗުން މޮޅު ނުވެވުނު ކަމުގައިވިޔަސް ގަދަ ހަތަރަކަށް އެރުމުގެ އުންމީދު ކަނޑާނުލާކަމަށެވެ. 

"ހަގީގަތުގައި މޮޅުވާން ގިނަ ފުރުސަތު ލިބުނު، ޗާންސްތަކުގެ ބޭނުން ނުކުރެވުމުން މައްސަލަ ދިމާވީ" ސުޒޭން ބުންޏެވެ.

މި ނަތީޖާއާއެކު ކުޑަހުވަދޫ ލީގުގައި ކުޅުނު 9 މެޗުން 2 ޕޮއިންޓް ލިބިގެން އޮތީ ތާވަލްގެ ފުލުގައެވެ. ތިނަދޫ އޮތީ 11 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ތިނަދޫ ޓީމުން ލީގުގައި ދެން ވާދަކުރަން ޖެހޭނީ ކްލަބް ގްރީން ސްޓްރީޓާސްއާއެވެ. 4 ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާއި ތިނަދޫއާއި ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ.