ޚަބަރު

ސޫރިޔާއަށް ދާން މަސައްކަތްކުރި ދެ ދިވެއްސަކު ރާއްޖެ ގެނެސްފި


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސޫރިޔާއަށް ދާން މަސައްކަތްކުރި ދެ ދިވެއްސަކު ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފިއެވެ. 

ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުން މަސައްކަތްކޮށްފައިވަނީ ތުރުކީ މަގުން ސޫރިޔާއަށް ދިއުމަށްކަމަށެވެ. އަދި އެމީހުން އިއްޔެ ވަގުތެއްގައި ރާއްޖެ ގެނައުމަށްފަހު މިހާރު ތިބީ ފުލުުހުންގެ ބެލުމުގެ ދަށުގައިކަމަށާއި އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތްކަމަށެވެ.