ޚަބަރު

މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ


ގއ.ވިލިނގިލި ކައިރީ އޮތް ފަޅު ރަށަކަށް މޫދަށް ގޮސް އުޅުނު ދެ މީހެއްގެ ތެރެއިން އެކަކު ގެނބިގެން މަރުވެއްޖެއެވެ.

މިއަދު މެންދުރެއްހާއިރު ހިނގި މިހާދިސާގައި، މޫދަށް އެރި އުޅުނު ދެ މީހުންގެ ތެރެއިން އޮޔާ ދަމައިގަތުމުގެ ސަބަބުން މަރުވެފައިވަނީ ފިރިހެެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި އެކަކު ސަލާމަތްވިއިރު، މަރުވި މީހާ ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.