ޚަބަރު

ފުނަދޫން ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި


އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އުމުރުން ދުވަސްވީ ހާލު ބޮޑު އަންހެނަކު މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު 14:50 ހާއިރު މާލެ ގެނެސްފައިވަނީ ށ. ފުނަދޫގެ އުމުރުން 76 އަހަރުގެ އަންހެނެކެވެ. މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ށ.އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާއަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.