ޚަބަރު

ޕީ.ޕީ.އެމް ކައުންސިލަށް 3 މެންބަރަކު އިންތިޚާބުކޮށްފި


ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕުން އެޕާޓީގެ ކައުންސިލަށް ތިން މެންބަރަކު އިންތިޚާބުކޮށްފިއެވެ. 

މިއަދު ބޭއްވި ޕީ.ޕީ.އެމްގެ އެތެރޭގެ އިންތިޚާބުގައި ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕުން ޕާޓީގެ ކައުންސިލަށް އިންތިޚާބުކޮށްފައިވަނީ، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުޘްމާނާއި، ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، އަދި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދެވެ. ޕީ.ޕީ.އެމްގެ ޕާލިމެންޓްރީ ގްރޫޕުން ކައުންސިލަށް އާ މެންބަރުން އިންތިޚާބުކޮށްފައި މިވަނީ، ކުރިން ކައުންސިލްގައި ޕާލިމެންޓްރީ ގްރޫޕް ތަމްސީލުކުރަމުން ދިޔަ 3 މެންބަރުން ޕާޓީން ވަކިކުރުމާ ގުޅިގެންނެވެ. ޕީ.ޕީ.އެމްގެ ކައުންސިލުގައި ޕާލިމެންޓްރީ ގްރޫޕްގެ 11 މެންބަރުން ތިއްބަވައެވެ.