ޚަބަރު

އިސްލާމިކް މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ، އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް އައްޔަނުކުރެއްވީ މއ.ރޯޒް 1 އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދުއެވެ. އޭނާ އެމަޤާމަށް އައްޔަނުކުރައްވާފައިވަނީ އިއްޔެއެވެ.