ކުޅިވަރު

ޗައިނާ އޯޕަން ނަދާލް ކާމިޔާބުކޮށްފި


ޗައިނާ އޯޕަން ޓެނިސް މުބާރާތް ރަފެއަލް ނަދާލް ކާމިޔާބުކޮށްފިއެވެ.

 ބެއިޖިންގައި އޮތް މުބާރާތް ނަދާލް ކާމިޔާބުކުރީ ފައިނަލްގައި ނިކް ކިރްގިއޮސްއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ނަދާލް ސެޓްތައް ގެންދިޔައީ 6-2، 6-1 ނެވެ. މިއީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ މިސީޒަންގައި ކާމިޔާބުކުރި ހަވަނަ މުބާރާތެވެ. ސްޕެއިންގެ ކުޅުންތެރިޔާ ވަނީ އެންމެ ފަހުން މުބާރާތުގައި ކުޅުނު ނުވަ މެޗުވެސް ކާމިޔާބުކޮށްފައެވެ. 

މިފަހަރު މުބާރާތް ކާމިޔާބުކުރުމުގެ ކުރިން ނަދާލް މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ.