ޚަބަރު

އިސްރަށްވެހިންނާއެކު ބާއްވާ ބައްދަލުވުން ފަސްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާލޭގައި ދިރިއުޅޭ އިސްރަށްވެހިންނާ ބައްދަލުކުރެއްވުމަށް މިރޭ ބާއްވަން ހަމަޖެއްސި ބައްދަލުވުން ފަސްކުރައްވައިފިއެވެ. 

ރަސްފަންނުގައި މިރޭ 8:30 ގައި ބޭއްވުމަށް ހަމަޖެއްސެވި ބައްދަލުވުން ފަސްކުރައްވާފައިވަނީ އަންނަ ހޯމަދުވަހުގެރޭ 8:30 އަށެވެ. މިބައްދަލުކުރެއްވުން ފަސްކުރެއްވީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ.