ދުނިޔެ

އިދިކޮޅު ފަރާތްތަކުގެ މައްޗަށް ސަރުކާރުންދަނީ ކުރިހޯދަމުން- ސޫރިޔާ ސަރުކާރު





ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރި ހޯދަމުންދާކަމަށް ސޫރިޔާ ސަރުކާރުން ބުނެފިއެވެ.


ދިމިޝްޤްގެ ޔުނިވާސިޓީއެއްގައި އިއްޔެ ދެވި ތަޤްރީރެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ،ޓެރަރިޒަމާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމުގެ މަރުޙަލާއަކާއި ހިސާބަށް އައިސްފައިވާކަމަށެވެ.
އަދި މިއީ އެޤައުމުގެ ސިފައިންނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރާކަމަށެވެ.


ބައްޝާރު ވިދާޅުވީ،މިއީ ސަރުކާރާ ދެކޮޅަށް ތެދުވެފައިވާ ހަނގުރާމަވެރިންގެ އަޞްލު ސޫރަ،އަދި އެމީހުން ސަރުކާރާ ދެކޮޅަށް އުފުލަމުންދާ ވާހަކަތަކުގެ ތެދު ހަޤީގަތްތައް ދުނިޔެއަށް ހާމަވެގެން ދާނޭކަމެއް ކަމަށެވެ.
އަސަދު މިމޭރުމުން ވާހަކަފުޅު ދައްކަވާފަ މިވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އަވަށްތައް ސިފައިން ކޮންޓްރޯލް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
 



ސަރުކާރާ ދެކޮޅަށް ތެދުވެ ހަނގުރާމަ ކުރަމުންދާ އެކި ހަނގުރާމަވެރި ގްރޫޕްތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތު ވުމުގެ ސަބަބުން،އެކަމުގެ ފައިދާ ނަގާ ސަރުކާރު ސިފައިން ދަނީ ހަނގުރާމަވެރިންގެ މައްޗަށް ކުރި ހޯދަމުންނެވެ.