ޚަބަރު

ކޮންޒަވޭޓިވް އަހަރީ ޖަލްސާއަށް ޕީޕީއެމްގެ ވަފުދެއް ވަޑައިގެންފި


ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ވަފްދުގެ ބޭފުޅުން، ހައުސް އޮފް ލޯޑްސްގެ މެމްބަރަކާއެކު / ފޮޓޯ: އަހުމަދު ޝިޔާމް

އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ވަފުދެއް އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ. 

އިއްޔެ ފެށި ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމްގެ ފަރާތުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލާއި ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާން އަދި ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމްއެވެ.

ކޮންޒަވޭޓިވް ޕާޓީގެ އަހަރީ އާންމު ޖަލްސާ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.