މާލެ އާއި އަތޮޅު ތެރޭގައި ދެމުންގެންދާ ކަރަންޓުގެ އަގު ތަފާތުވާ މައްސަލަ ބެލުމަށް ސްޓެލްކޯ އާއި ފެނަކައިގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ކޮމެޓީން މިގޮތަށް ނިންމީ ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގައި ހިމެނިވަޑާއިގަންނަވާ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ވަނީ މާލެ އާއި އޮތޮޅު ތެރޭގައި ކަރަންޓްގެ އަގުގައި ފަރަގު ބޮޑުކަމަށް އިއްތިފާގުވެފައެވެ.
ކަރަންޓްގެ ޚިދުމަތް މާލެއާ އަތޮޅު ތެރޭގައި ތަފާތުކަމަށް ބުނެ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައިވަނީ އިދިކޮޅު މެމްބަރުންނެވެ. ފެނަކަ އަދި ސްޓްލެކޯގެ އިސްވެރިން ހާޒިރުވާ ކޮމެޓީގެ ބައްދަލުވުން އޮންނާނީ މާދަމާރެއެވެ.