ޚަބަރު

87 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!


ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 87 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފިއެވެ. 

އިމިގްރޭޝަނާ ފުލުހުން ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭގެ އެކިސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީންތަކެކެވެ. 

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ މިއަދު ހިންގި އޮޕަރޭޝަނަކީ އާދައިގެ މަތިން އެ އިދާރާއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއަދު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބިދޭސީންތައް ސްކްރީން ކުރަމުން އަންނަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ އެ މީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންތަކެއްކަމަށް ޚަލީލް ފާހަގަކުރެއްވިއެވެ.