ޚަބަރު

ބިލެތްފަހި އިންޖީނުގޭގައި އަލިފާންރޯވެ، ރަށުން ކަރަންޓް ކެނޑިއްޖެ


ށ. ބިލެތްފަހި އިންޖީނުގޭގައި އަލިފާންރޯވެ، މުޅި އިންޖީނުގެ އަނދާ ހުލިވެއްޖެއެވެ.

ބިލެތްފަހި ކައުންސިލުން ބުނީ މިރޭ އެގާރަގަޑި ފަންސާސް ފަހެއް ހާއިރު ހިނގި މިހާދިސާގައި އިންޖީނުގެ ރޯވުމާއި ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާކަމަށެވެ.

އިންޖީނުގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ. އަދި ރަށަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއެކު މަސައްކަތްކުރަމުންދާކަމަށްވެސް ބިލެތްފަހި ކައުންސިލުން ބުނެއެވެ.