ޚަބަރު

ރައީސްގެ އަނބިކަނބަލުން މަޑުއްވަރީއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ރ.މަޑުއްވަރީގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެރަށުގެ އިސްރަށްވެހިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ރ.މަޑުއްވަރީއަށް ކުރެއްވި މި ދަތުރުފުޅަކީ، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެކި ގޮތްގޮތުން އެހީތެރިކަމަށް ބޭނުންވެފައިތިބި މީހުންގެ ހާލަތު ކައިރިން ބެއްލެވުމަށް އެކަމަނާ ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

img:http://s2.psmnews.mv/images/660x400/15058141640736.jpg|

މި ދަތުރުފުޅުގައި އެކަމަނާ ރ. މަޑުއްވަރީއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. އެކަމަނާ އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރު ފުޅުގައި އެކަމަނާ ވަނީ ރ މަޑުއްވަރީގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ފާރަތްތަކާއި ރަށުގެ މުވައްސަސާ ތަކުގެ އިތުރުން ރަށުގެ އިސް ރައްވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރ މީދޫގެ އިތުރުން ހއ ގެ ބައެއް ރަށްތަކަށް އެކަމަނާ ވަޑައިގަންނަވާނެއެވެ.