ޚަބަރު

ޑައިވިނަށް ފޭބި ދެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި


ޑައިވިނަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެއެވެ. 

މި ދެމީހުންގެ ހާލުވެސް ރަނަގަޅުކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއެވެ. މި މީހުން ފެނިފައިވަނީ އޮއިގަދަ ވުމުގެ ސަބަބުން ޑައިވިން އަށް ދިޔަ ސަރަހައްދާ ދުރަށް ދެވިފައި ތިއްބާކަމަށް އެމްއެންޑިއެފުން މަޢުލޫމާތުދެއެވެ. 

މި ދެ މީހުންނަކީ ސަން އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ޑައިވިންގ އިންސްޓްރަކްޓަރަކާއި އެރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ޗައިނާގެ ފަތުރުވެރިއެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ދެ މީހުން، ޑައިވިނަށް ފައިބާފައިވަނީ އދ.ދިގުރަށާއި އެ އަތޮޅު ދަގެއްޗާ ދޭތެރޭ އޮންނަ "ކުޑަރަށް ތިލަ" ކިޔާ ތިލައަކަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.