ޚަބަރު

ސިންގަޕޫރަށް ދިއުމުގެ ހުއްދަ ގާސިމްއަށް ދީފި


3 އަހަރަށްވުރެ ދިގު ޖަލު ޙުކުމެއް އިއްވާފައިވާ މާމިގިލި ދާއިރާގެ ކުރީގެ މެމްބަރު ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވައިފިއެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވާފައިވާކަމަށެވެ. އަދި ބޭސްފަރުވާއަށް ދީފައިވަނީ 10 ދުވަހުގެ މުއްދަތެއްކަމަށްވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ. 

ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަ ދެއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ގާސިމްގެ މައްޗަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޙުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. ނަމަވެސް ގާސިމްގެ ބަލި ހާލަތު ހުރި ގޮތުން ގޭބަންދުގައި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސުން ވަނީ ނިންމާފައެވެ.