ޚަބަރު

މިޔަންމާއާއެކު އަސްކަރީ ތަމްރީން ކުރިއަށްގެންދަން ރާވާފައެއް ނުވޭ


ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްބުނެ ފަތުރަމުންދާ ޚަބަރުތައް ދިވެހި އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ، މިޔަންމާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީން ޙަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ބޭރުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައި ނުވާކަމަށާއި، ކުރިމަގުގައިވެސް އެފަދަ އަސްކަރީ ތަމްރީންތަކެއް ހިންގުމަށް ތާވަލު ކޮށްފައި ނުވާކަމަށެވެ.