ކުޅިވަރު

މޮރީނިއޯ ގޯލްކީޕަރެއްގެ ހުނަރު ދައްކާލައިފި!


އެކުވެރިކަމުގެ މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ގޯލްކީޕަރެއްގެ ހުނަރު ދައްކާލައިފިއެވެ.

މިދިޔަ ޖޫން މަހު ގެރެންފެލް ޓަވަރު އަނދައި ދިޔަ ހާދިސާގައި ގެއްލުނު މީހުންނަށް އެހީވާން ރިއޯ ފާޑިންނަންޑާއި އެލަން ޝިއަރާ ނެގި ޓީމުގެ ތެރެއިން މޮރީނިއޯ ކުޅެފައިވަނީ ޝިއަރާގެ ޓީމަށެވެ. މޮރީނިއޯ ކުޅެން ނުކުތީ ފަހުހާފުގައި އިނގިރޭސި ކުރީގެ ގައުމީ ކީޕަރު ޑޭވިޑް ޖޭމްސްގެ ބަދަލުގައެވެ. މި މެޗުގައި މޮރީނިއޯގެ ޓީމު ޕެނަލްޓީ ޖަހައިގެން ބަލިވީ 5-3ންނެވެ. 

އުމުރުން 54 އަހަރުގެ ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އިންޓަމިލާނުގެ ކުރިގެ ކޯޗު ބުނީ މި މެޗުގައި ކީޕަރަށް ކުޅެން އެނާ ނިންމީ ގިނައިން ދުވަން ނުޖެހެނެތީ ކަމަށެވެ. އަދި އޭނާގެ މިހާރުގެ އުމުރުގައި މާގިނައިން ދުވަސް ވެއްޖެނަމަ މާހާއްސަ ކަމަކަށް އެކަންނުވެދާނެ ކަމަށާއި ނަމަވެސް އޭނާ ބޭނުންވަނީ ހާއްސަ މީހެއްގެ ގޮތުގައި ހުންނަން ކަމަށްވެސް މޮރީނިއޯ ފާހަގަކުރިއެވެ. 

img:http://s1.psmnews.mv/images/660x400/15044118309129.jpg|

"ކީޕަރަށް ކުޅުނީމަ އެހާ ގިނައިން ދުވަން ނުޖެހޭނެއެއްނު، އެހެންވެ ކީޕަރަށް މި ކުޅުނީ، މި އުމުރުގައި މާ ގިނައިން ދުވެ ހަދައިން މާ މޮޅުކަމެއް ނުކުރެވޭނެ" 

ކުރީގެ މަޝްހޫރު އިނގިރޭސި ތަރިން ފެނިގެންދިޔަ މި މެޗުގައި މޮރީނިއޯ ވަނީ ނަތީޖާ ނެރެން ޖެހި ޕެނަލްޓީ އެއް ވެސް ގޯލަށް ވައްދާލައި ލަނޑެއް ވެސް އޭނާ ކުޅުުނު ޓީމަށް ކާމިޔާބުކޮށްދީފައެވެ.