ކުޅިވަރު

ރޮނާލްޑޯގެ އަދަބު ލުއިކޮށެއް ނުދިން


ސްޕޭނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދީފައިވާ ފަސް މެޗުގެ ސަސްޕެންޝަން އުވާލުމަށް އެދުމުން ސްޕޭނުގެ ކުޅިވަރާ ބެހޭ ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮނާލްޑޯ ފަސް މެޗަށް ސަސްޕެންޑްކުރީ ސްޕެނިޝް ސުޕަ ކަޕްގައި ބާސެލޯނާ އަތުން 3-1އިން މޮޅުވި މެޗުގައި ރެފްރީ ކޮށްޕާލުމުގެ ސަބަބުންނެވެ.

އޭނާ އަށް ފަސް މެޗު ނުކުޅެ ހުންނަން ޖެހުނީ އެ މެޗުގައި ދެއްކި ރަތްކާޑާއެކު ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމުމުންނެވެ.

ސްޕޭނުގެ ކޯޓުން ރޮނާލްޑޯ ހުށަހެޅި އިސްތިއުނާފު ގަބޫލު ނުކުރުމުން އޭނާ ބުނެފައިވަނީ އިންސާފުން އެއްކިބާވުމަކީ ބޭއިންސާފެއް ކަމަށެވެ. ނަމަވެސް މިފަދަ އަދަބެއް ދީގެން އޭނާ ދެރަކޮށްނުލެވޭނެ ކަމަށެވެ. ރޮނާލްޑޯ އަށް ސްޕެނިޝް ލީގުގައި އެންމެ އަވަހަށް ކުޅެވޭނީ އަންނަ މަހުގެ 20ގައި ރެއާލް ބެޓިސްއާ ދެކޮޅަށެވެ.