ކުޅިވަރު

އަޝްފާގް ނުހިމަނާ ޤައުމީ ސްކޮޑު އެކުލަވާލައިފި


ޤައުމީ ޓީމްގެ ކެޕްޓަން އަލީ އަލީ އަޝްފާގް ނުހިމަނާ، އަނިޔާގައި ހުރި އަސަދުﷲ ހިމަނައިގެން ޤައުމީ ސްކޮޑު އިއުލާންކޮށްފިއެވެ. 

މިއަދު އިއުލާންކުރި ސްކޮޑުން ޤައުމީ ކެޕްޓަން އަލީ އަޝްފާގް ހިމަނާފައިނުވަނީ އޭނާގެ މެޑިކަލް ފިޓްނަސް ކޮންފަމޭޝަން ނުލިބޭތީއެވެ. އެންމެ ފަހުން ލީގުގައި މާޒިޔާ ކުޅުނު މެޗުގައި ކަކުލަށް އަނިޔާވި އަސަދުﷲ އަބްދުﷲއަށް ސްކޮޑަށް ނެގި ތޭވީސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭއިރު، އަޝްފާގަށް ސްކޮޑުން ފުރުސަތު ލިބޭނީ އޭނާގެ މެޑިކަލް ޓެސްޓުތަކަށްފަހުގައެވެ. 

އޮމާނާ ދެކޮޅަށް އޭޝިއަންކަޕް ކޮލިފައިންގައި ގައުމުން ބޭރުގައި ކުޅޭ މެޗަށް ނެގި ސްކޮޑުން މިފަހަރުވަނީ ގިނަ ދުވަސްތަކަކަށްފަހު ރިލްވާން ވަހީދަށް ފުރުސަތުދީފައެވެ. ވިކްޓްރީގެ ޖާރޒީގައި ސީޒަން ފެށި ރިލްވާން އަންނަނީ ޕްރިމިއަރ ލީގު ފެށުމުގެ ކުރިން ނިއުރޭޑިއަންޓަށް ބަދަލްވެ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. 

ސްކޮޑުން މި ފަހަރު ނިއުރޭޑިއަންޓްގެ 8 ކުޅުންތެރިއަކަށް ކޯޗު ވަނީ ފުރުސަތު ދީފައެވެ. މާޒިޔާގެ 7 ކުޅުންތެރިން ހިމެނޭއިރު، ގްރީން ސްޓްރީޓްސްއާއި ތިނަދޫ ކޮންމެ ޓީމަކުން ދެ ކުޅުންތެރިން ހިމެނެއެވެ. އަދި ޓީސީގެ 3 ކުޅުންތެރިއަކާއި، ށ.މިލަންދޫގެ ކީޕަރު މުޙައްމަދު އިމްރާނަށްވެސް ސްކޮޑުންވަނީ ފުރުސަތުދީފައެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ގަތަރުގައި ހަފްތާއެއްހާ ދުވަހުގެ ތަމްރީންތަކެއް ކުރިއަށްގެންދާނެކަމަށް އެފްއޭއެމުން ހާމަކުރެއެވެ.

އޮމާނާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެގި ސްކޮޑު:

ނިއުރޭޑިއަންޓް: 

1- މުޙައްމަދު ފައިސަލް، 2- އަބްދުﷲ ޒިޔަޒަން، 3- މުޙައްމަދު ރަޝީދު، 4- އަޙުމަދު އަބްދުﷲ، 5- އަލީ ފާސިރު، 6- ހަމްޒާ މުޙައްމަދު 7- އަކްރަމް އަބްދުލްޣަނީ، 8- ރިލްވާން ވަހީދު.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

1- އަމްދާން އަލީ، 2- އައްސަދު އަލީ، 3- މުޙައްމަދު އުމެއިރު، 4- އަސަދުﷲ އަބްދުﷲ، 5- އިސްމާއިލް އީސަ، 6- މުޙައްމަދު އިރުފާން، 7- ސަމޫހު އަލީ

ޓީސީ ސްޕޯޓްސް ކުލަބު

1- އަޙުމަދު ޒާދު، 2- ނާއިޒު ހަސަން، 3- އިބްރާހިމް ވަހީދު ހަސަން

ކުލަބު ގްރީން ސްޓްރީޓްސް

1- އަޙުމަދު ރަޝީދު، 2- ޝާފިއު އަޙުމަދު

ގދ. ތިނަދޫ

1- އިމްރާން ނަޝީދު، 2- އަހުމަދު ރިޒުވާން

ށ. މިލަންދޫ

1- މުޙައްމަދު އިމްރާން