ސިޔާސީ

ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ނަތީޖާ އިޢުލާންކޮށްފި


ބ.ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގިނަ ވޯޓް ލިބިފައިވަނީ، އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ސާޖިދަށެވެ. އޭނާއަށް ލިބިފައިވަނީ 170 ވޯޓެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް ޢަލީ ނާއިޛަށް ލިބިފައިވަނީ 142 ވޯޓެވެ.

ބ.ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓްލުމުގެ ޙައްޤު 338 މީހުންނަށް ލިބިފައިވާއިރު، ވޯޓް ލާފައިވަނީ 315 މީހުންނެވެ. ބާޠިލް ވޯޓުގެ ޢަދަދަކީ ތިނެކެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއަދު ބޭއްވި ބައި-އިލެކްޝަންގައި ދެ ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ކަމަދޫގައި ބެހެއްޓި ވޯޓު ފޮށި ބަހައްޓާފައިވަނީ އެރަށު ސްކޫލްގައި. އަދި މާލޭގައި ދިރިއުޅޭ އެރަށުގެ ރައްޔިތުން ވޯޓުލި ފޮށި ބަހައްޓާފައިވަނީ ބާ ޖަމާލުއްދީންގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒުގައެވެ. މި އިންތިޚާބާ ގުޅިގެން އެއް ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި، އެ މައްސަލަ ހައްލުކޮށް ޖަވާބު ދީފައިވާކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއެވެ.