ކުޅިވަރު

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ރެޑް ލައިން ކާމިޔާބުކޮށްފި


ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރެޑްލައިން ކުލަބް ހޯދައިފިއެވެ. 

މި މުބާރާތުގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބް ހޯދީ ރޭ ކުޅުނުފައިނަލް މެޗުގައި ކްލަބު މެޓްރިކްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއްފެނިގެންދިޔަ މެޗު ރެޑްލައިން ކާމިޔާބުކުރީ މެޓްރިކްސްއާއި ވާދަކޮށް 54 ޕޮއިންޓް 36 ޕޮއިންޓުންނެވެ. 

ފައިނަލް މެޗްގެ މެޗުގެ މޮޅުކުޅުންތެރިޔަކީ ރެޑްލައިން ކްލަބުގެ އާމިނަތު ރީމް ޝާމްއެވެ. 

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ކްލަބު މެޓްރިކްސްގެ ރާޝިދާ މޫސާއާއި، އައިޝަތު ނައުރާއާއި، ރެޑްލައިން ސިޓީގެ އަނާންއަލީ ރަޝީދާއާއި ރެޑްލައިން ކްލަބުގެ އީމާ އަބްދުލް ސައްތާރާއި، އާމިނަތު ރީމްޝާމާއި އައިޝަތު ލޫނާ މޫސާ އަދި ފެންފުށި ޒުވާނުންގެ ދިރުމުގެ ވިސާހު މުހައްމަދެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ރެޑްލައިން ކްލަބުގެކޯޗު އާމިނަތު ހަލީމެވެ.