ޚަބަރު

ހައްޔަރުކުރި 6 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


މާލޭގައި ހިންގި މާރާމާރީތަކާގުޅިގެން ފުލުހުން ހައްޔަރުކުރި 6 މީހުންގެ ބަންދަށް ކޯޓުން މުއްދަތު އިތުރުކޮށްދީފިއެވެ.

މާލޭގައި މިދިޔަ ހަފްތާގެ ތެރޭގައި ހިންގި 2 މާރާމާރީއެއްގައި 2 ޒުވާނަކު މަރާލުމާ ގުޅިގެން 34 މީހުން ހޯދަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިމައްސަލައާ ގުޅިގެން 23 މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ކުރިން ވަނީ ހާމަކޮށްފައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި 6 މީހުންގެ ތެރެއިން 4 މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައިވާއިރު 2 މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ. އަދި މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހުއްޓުމެއްނެތި އަޅަމުން ގެންދާނެކަމަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލޭގައި މާރާމާރީ ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ގުޅިގެން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.