ޚަބަރު

އިއްސެގެ މަރާ ގުޅުންހުރި 5 މީހުންގެ މައްސަލަ ޕީޖީ އޮފީހަށް


ހއ. އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޅ.ހިންނަވަރު، އިސްމާޢީލް ޢުމަރުގެ މަރާ ގުޅިގެން ހައްޔަރުކުރި 5 ބިދޭސީންގެ މައްސަލައިގެ ތަހުޤީގް ނިންމައި އެމީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ. އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އޭނާއާއެކު އެތަނުގައި މަސައްކަތްކުރާ ޝުމަންމިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ހައްޔަކުރީ ހދ.ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ.

ފުލުހުން މީގެ ކުރިން ބުނީ ތަހުގީގުން ޝުމަންމިއާ އާއި ސުވާލު ކުރުމުން އިއްސެ މަރާލި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އަނެއް ހަތަރު ބިދޭސީންނަށް ކުރަނީ އިއްސެ މާރާލުމަށް ޝުމަންމިއާއަށް އެހީތެރިވި ކަމުގެ ތުހުމަތުކަމަށެވެ. މިދިޔަމަހުގެ 16ވަނަ ދުވަހު އިއްސެގެ ހަށިގަނޑު ފެނިފައި ވަނީ ބޮޑެތި ޒަޚަމްތަކަކާއެކު އޭނާ މަސަތްކަތްކުރާ އައިސް ޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމްގައި މަރުވެފައި އޮއްވައެވެ.