ރިޕޯޓް

ފަތުރުވެރިކަމުގެ މަސްރޫޢުތައް މެކުހަށް!


ސަރުކާރުން ރާއްޖޭގައި ހިންގަވާ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ނުހިމަނާވެސް، މާލެ ސަރަޙައްދުގައި ބިލިޔަނަކަށްވުރެ ގިނަ ޑޮލަރުގެ ފަތުރުވެރިކަމުގެ މަސްރޫޢުތައް ހިންގަމުން އެބަގެންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ފަޅުފަޅު ހިއްކައިގެން ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓްތައް މާކެޓަށް ނެރުމުގެ މަސައްކަތް ހިންގަމުން ދާއިރު، އޭގެތެރޭގައި ދުނިޔޭގެ ފެންވަރުގެ ބްރޭންޑްތައްވެސް ހިމެނެއެވެ. 

ރާއްޖޭގެފަތުރުވެރިކަމުގެ ދާއިރާ ދުވަހެއްދުވަހަކަށް ކުރިއަރަމުންދާއިރު އެ ދާއިރާއަށް އިންވެސްޓްކުރާ ފާރަތްތަށްވެސް ދަނީ އިތުރުވަމުންނެވެ. ރިޒޯޓްތަށް ތަރަށްޤީކުރުމުގެ މުޅިން އާ މަޝްރޫޢުތައް ދަނީ ހިނަގމުންނެވެ. 

އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 200 މިލިޔަންޑޮލަރުގެ އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފަވާއިރު އޭގެތެރޭގައި އެންމެ ބޮޑުބައެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ ބްރޭންޑްތައް ރާއްޖޭގައި ވަނީ އިންވެސްޓްކޮށްފައެވެ. މި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކްނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މާލެ ސަރަޙައްދަށް އެކަނި ބެލިނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއާށް ބިލިޔަނަކަށްވުރެ ގިނަ ޑޮލަރުގެ މަސްރޫއުތައް ހިންގަމުން ގެންދާކަމަށެވެ.

img:http://s1.psmnews.mv/images/660x400/15008683080431.jpg|ރަށްފަޅު ހިއްކުމުގެ މަސައްކަތް -

"ޢުމްރާނީ ތަރައްޤީގެ ބިޔަ މަސްރޫއުތަކާނުލައި މާލެ ސަރަހަށްދުން އިތުރު ޓްވަރިސްޓިކް ޕްރޮޑަކްޓް ނެރުމަށް ހިންގާ މަސްރޫއުތަކަކީ ބިލިޔަނަކަށްވުރެ ގިނަ ޑޮލަރުގެ މަސްރޫއުތަކެއް." އިކޮނޮމިކް މިނިސްޓަރ މުޙަންމަދު ސަޢީދު ވިދާޅުވިއެވެ. 

ހުސްވިއަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ މުޅިން އަލަށް ރިޒޯޓްތަކެއް ނެރެފައެވެެ. އަދި މިއަހަރުވެސް އިތުރު ރިޒޯޓްތަށް  ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާން ފަށާނެއެވެ. ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިކްނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށް އޮތް ތަނުގައި ރާއްޖެ ނަމޫނާޔަކަށް ބަލަންޖެހޭނެކަމަށެވެ. އަދި މި ބަދަލު ފެންނަމުން މިދަނީ އިޤްތިޞާދީގޮތުން މަސައްކަތްތަކެއް ކުރެވެމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 

މާލެސަރަހަށްދުގައި ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ފަސްފަޅެއް އަންނަނީ ހިއްކަމުންނެވެ. މިގޮތުން އެނބޫދޫފަޅާއި ރަށްފަޅު ހިއްކައިގެން ހިންގުމަށް ހަމަޖެހިފައިވާ މަސްރޫޢަކީ މީގެތެރެއިންވެސް ފާހަގަކޮށްލެވޭ މަސްރޫޢެކެވެ.