ޚަބަރު

24 ވަނަ ދުވަހު އެއްވުމެއް ބާއްވަން ހުއްދައެއް ނުދެން- ފުލުހުން


އަންނަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމާފައިވާ އެއްވުން ބޭއްވުމުގެ ހުއްދަ ފުލުހުން ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ އަންނަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު އެއްވުމަށް ބާއްވަން އިޢުލާން ކޮށްފައި ވަނިކޮށެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުޞަތު ފުލުހުންގެ މުޢައްސަސާއިން ނުދޭނެ ކަމަށެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަޚުލޫފު މިރޭ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ޖުލައި 24 ވާ ހޯމަ ދުވަހުގެ ހެނދުނު މާލޭގައި އެއްވުމެއް ބާއްވާނެ ކަމަށެވެ. އަދި އެ އެއްވުމަކީ ގާނޫނު އަސާސީއާއި ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދާނެ އެއްވުމެއް ކަމަށާއި، އެކަމަށް ހުރަސް ނާޅާނެކަމަށް ފުލުހުންގެ އިސްވެރިންވެސް ވިދާޅުވިކަމަށެވެ. ފުލުހުންގެ ބަޔާނުގައި ފުލުހުންގެ މުއައްސަސާ ބަދުނާމުކޮށް ޙަޤީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ފިތުނަ ފަސާދައަށް މަގުފަހިވާފަދަ އެއްވެސް ވާހަކައެއް ނުވަތަ ޢަމަލެއް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.