ޚަބަރު

"ބްރީތު ލައިފް"ގެ ނަމުގައި ފިޓްނެސް ސެންޓަރެއް ހުޅުވައިފި


ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް ޚާއްޞަ ކަސްރަތުތަކާއި، ޕްރޮގްރާމްތައް ހިމެނޭގޮތަށް މާލޭގައި "ބްރީތު ލައިފް"ގެ ނަމުގައި ފިޓްނެސް ސެންޓަރެއް ހުޅުވައިފިއެވެ. 

ފިރިހެނުންނަށްވެސް އަދި އަންހެނުންނަށްވެސް ބައިވެރިވެވޭ ޕްރޮގްރާމްތައް ހިމަނައިގެން ހުޅުވި މި ފިޓްނަސް ސެންޓަރަކީ ހަޑިގަނޑު ހަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރަށް ނަފްސާނީ ގޮތުންވެސް މީހާ ދުޅަހެޔޮކޮށްދޭ ފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގަން ރާވަފައިވާ ފިޓްނަސް ސެންޓަރެކެވެ. 

ބޮޑީ ފިޓްނަސް ސެންޓަރ "ބްރީތު ލައިފް"އަކީ ތަފާތު ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ހުޅުވި ފިޓްނަސް ސެންޓަރެކެވެ. ކަސްރަތުގެ ގިނަ ޕްރޮގްރާމްތައް ހިމެނޭ ބްރީތު ލައިފްގައި ޖިމަކާއި ތަފާތު ބާވަތްތަކުގެ ޔޯގާ ކަލާސްތައް ކުރިއަށް ގެންދިއުމަށް ޚާއްޞަ 2 ސްޓޫޑިއޯ ހިމެނެއެވެ. ބްރީތު ލައިފް ފިޓްނެސްގެ ސީއީއޯ އަދި އެޑިއުކޭޝަން ސްޕެޝަލިސްޓް ނަހުލާ އަޙްމަދު ވިދާޅުވީ މި ސެންޓަރު އަމާޒުކޮށްފައިނީ ގޭގަޔާއި އޮފީސް މާޙައުލުގައި ބުރަކޮށް އުޅޭ މީހުންނަށް ކަމަށެވެ. މި ފިޓްނަސް ސެންޓަރުގެ ޕްރޮގްރާމްތައް ރާވާފައިވަނީ އަރާމު މާޙައުލެއްގައި ހަށިގަނޑަށާއި ސިކުނޑިއަށް ލުއި، އަދި ފައިދާހުރި ކަސްރަތާއި ޔޯގާ ހިމެނޭ ގޮތްތަކަށް ކަމަށް ނަހުލާ ވިދާޅުވިއެވެ. ބްރީތު ލައިފް ފިޓްނެސް ސެންޓަރުގައި ހިންގާ ފިޓްނެސް ޕްރޮގްރާމްތަކަކީ، ހާސްކަމާއި، ލޭމައްޗަށް ދިއުމާއި، ދިކުނޑީގެ މައްސަތައް ކުރިމަތިވާ މީހުންނަށާއި ހަށިގަނޑަށް ލުއި ފައިދާހުރި ކަސްރަތުތައް ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމްތަކެކެވެ. އަދި ބްރީތިންގ ފިޓްނަސްގެ ޚާއްޞަ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ. 

ބްރީތް ލައިފްއިން ހިންގާ އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި، ޒުމްބާއާއި، ބޮޑީ ފްލައި ޔޯގާއާއި، ޖިމެއްގެ ޚިދުމަތް ހިމެނެއެވެ. އަދި ކަސްރަތުގެ ފްރެންޗައިސް ޕްރޮގްރާމެއް ކަމަށްވާ އިލެކްޓްރޯ މަސްލް ސްޓްމިއުލޭޝަންގެ ޕްރޮގްރާމްވެސް ބްރީތު ލައިފް ފިޓްނެސް ސެންޓަރުގައި ހިމެނޭކަމަށް ނަހުލާ ވިދާޅުވިއެވެ. އިލެކްޓޯ މަސްލް ސްޓިމިއުލޭޝަންއަކީ އެކި ކަހަލަ ކުޅިވަރު ކުޅޭ މީހުންނާއި އެތްލެޓުންނަށް ޚާއްޞަ ކަސްތަރު ޕްރޮގްރާމެކެވެ. މި ކަސްރަތުގެ ސަބަބުން ނާރުތަކާއި މަސްތައް ހަރުވެ، ބާރުވުމާއި ރިހުންތަކުން ސަލާމަތްކޮށްދެއެވެ. 

ބްރީތު ލައިފް ފިޓްނަސް ސެންޓަރުން ޕަރސަނަލް ޓްރެއިނިންގެ ޚިދުމަތްވެސް ލިބޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ބްރީތްލައިފްގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވަނީ ދުނިޔޭގެ ފެންވަރުގައި ސެޓްފިކެޓް ލިބިފައިވާ، ތަޖުރިބާ ހުރި ދިވެހިންނެވެ. ބްރީތް ލައިފް ފިޓްނަސް ސެންޓަރުގެ މެންބަރުންނަށް ވުމަށް މިހާރު ފުރުޞަތު ލުޅުވާލާފައިވާއިރު، މެންބަރުންނަށް ނުވެ ބައިވެރިވޭ ކުދި ކްލާސްތައް ހިންގުމަށްވެސް ރާވާފައިވާކަމަށް ނަހުލާ ވިދާޅުވެއެވެ.