ޚަބަރު

ފަނޑިޔާރު ޢަރީފް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރައްވައިފި


އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމުގެ ހުވާކުރައްވައިފިއެވެ. 

އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދުގެ ބަދަލުގައެވެ. 

ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރަކީ 5 އަހަރުދުވަހެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެކޮމިޝަނަށް ޢައްޔަންކުރާ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރުދުވަސްކަމަށް ސުޕްރީމްކޯޓުންވަނީ ހަމަޖައްސާފައެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަލީ ހަމީދު ޖޭއެސްސީއަށް އައްޔަން ކުރިތާ މިހާރުވަނީ ދެ އަހަރު ހަމަވެފައެވެ.