ޚަބަރު

ސަޢުދު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާ އޭނާއަށް ޗިޓް ފޮނުވައިފިއެވެ. 

ސަޢުދަށް ފުލުހުން ފޮނުވި ޗިޓްގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ގއ. ވިލިނގިލި ކައުންސިލުން ހޯދަން ބޭނުންވާ ލިޔުންތައް ހޯދަން ބެލިއިރު، އެ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ހޯދައި ނުފެނިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް މާދަމާ ހެނދުނު 10:00އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އެދިފައިވެއެވެ. މެމްބަރު ސަޢުދު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އެންގީ، ފުލުހުންނަށް ހުށަހެޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެންގެވުމަށް ކަމަށް ފުލުހުންގެ ޗިޓްގައި ބަޔާންކޮށްފައެވެ.