ޚަބަރު

ރައީސަށް ތާއީދުކޮށް ގިނަ އަދަދެއްގެ ޒުވާނުން ޝުޢޫރު ފާޅުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޒުވާނުންގެ ތާޢީދު އޮތްކަން ހާމަކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުންތަކެއް އިސްނަގައިގެން ކާނިވާ ސަރަޙައްދުގައި ޚާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ޒުވާނުން ވަނީ ރައީސް ޔާމީން، ޒުވާނުންނަށް ކޮށްދެއްވާ ކަންތައްތަކާއި ޒުވާނުންނާ ރައީސް ޔާމީން ބަހައްޓަވާ ގާތްކަން ފާހަގަކޮށް އެކަމަށް އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14992671029233.jpg|ރައީސް ޔާމީނަށް ތާއީދުކޮށް ކާނިވާ ސަރަހައްދުގައި ޒުވާނުން ބޭއްވި ހަރަކާތުގެ ތެރެއިން-

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ޒުވާނުންނަކީ ރައީސް ޔާމީންގެ ސަރުކާރުން ބާކީ ކުރާނެ ބައެއް ނޫން ކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް މި ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަމަށްވެސް ޒުވާނުން ވިސްނުމަށް މިނިސްޓަރ ޝައިނީ އިލްތިމާސްކުރެއްވިއެވެ.

މި ހަރަކާތުގައި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.