ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވާނެ- އިދިކޮޅު ޕާޓީތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ފަސޭހަކަމާއި އެކު މިފަހަރު ކާމިޔާބު ކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ޖަގަހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިފަހަރުވެސް ވައްދަން ޖެހުނީ އެތައް ސަބަބުތަކާހެދިކަމަށެވެ.

އިބްރާހިމް މުޙައްމަދު ޞާލިހް މިހެން ވިދާޅުވިއިރު މި މައްސަލަ މަޖިލީހަށް ވައްދަން ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއި އެ މެމްބަރުންނަށް ނޭނގިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދުގެ ވަނީ އޭނާގެ ސޮއި ފޯޖްކޮށްފައިވާތީ އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގައިވެސް އެދިފައެވެ.