ޚަބަރު

"ސިނާންއާއި އިލްހާމް ސޮއިކުރީ މަޝްވަރާކުރަމުން ދަނިކޮށް"


ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ސޮއި ހޯދިއިރު އެ ލިސްޓުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު ސޮއިކުރައްވާފައިވާތީ އެކަމާ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

ޑރ. ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު ހެން މައްސަލަތައް ހައްލު ކުރުމަށް އެ ދެ މެމްބަރުންނާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. 

ޑރ. ޝައިނީ މިހެން ވިދާޅުވިއިރު ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުން ބުނަނީ ބައެއް މެމްބަރުންގެ ސޮއި ހޯދާފައި ވަނީ މެމްބަރުންނަށްވެސް ނޭނގި ކަމަށެވެ. އަދި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ފަސޭހަކަމާއި އެކު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޕީޕީއެމް ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ.