ޚަބަރު

މިހާތަށް 18 ރަށެއްގެ ނަރުދަމާގެ މަސައްކަތްވަނީ ނިމިފައި - ޠާރިޤް


މި ސަރުކާރުން މިހާތަނަށް 18 ރަށެއްގައި ނަރުދަމާގެ މަސައްކަތް މުޅިން ނިންމައި އިތުރު އެތައް ރަށެއްގެ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް މިއަދު ޖަވާބުދެއްވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން 16 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމުކުރައްވާފައިވާކަމަށެވެ. އަދި 21 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު 20 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަން މިނިސްޓަރ ތާރިގް ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ތާރިޤް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރާނެ ރަށްތަށް ކަނޑައެޅުގައި ސަރުކާރުން ގިނަ ކަންކަމަށް ބައްލަވާކަމަށެވެ. މިގޮތުން އެރަށެއްގެ އާބާދީ އާއި އިދާރީ ޚިދުމަތްތަކާއި ބިމުގެ ހާލަތް ބަލާ ދިރާސާ ކުރައްވާކަމަށްވެސް މިނިސްޓާރ ތާރިޤް ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ނިންމާ އެކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.