ޚަބަރު

މާދަމާއަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ޢިއުލާންކޮށްފި


1438 ވަނަ އަހަރުގެ ފިތުރު ޢީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަން އިއުލާން ކޮށްފިއެވެ.  

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައި ވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަޙްމަދެވެ. 

ހަނދު ސާބިތުވުމާއެކު އެމް.އެން.ޑީ.އެފް ގެ ފަޔަރިން ސްކޮޑުން ވަނީ ބަޑި ޖަހާފައެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޢިއްޒުންދީން ފާލަމުގެ އިރުމަތީ ފަރާތުގައެވެ.