ޚަބަރު

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދަޢުވާ އުފުލައިފި


ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދަޢުވާ ދައުލަތުން އުފުލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް، ޕީޖީން ވަނީ މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ފޮނުއްވާފައެވެ.

ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދަޢުވާ ދައުލަތުން އުފުލާފައި ވަނީ ޤާނޫނުލް އުޤޫބާތުގެ 312ވަނަ މާއްދާގެ ދަށުންނެވެ. އޭނާގެ މައްޗަށް އެ ދަޢުވާ އުފުލާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ދިދަ ބޭނުން ކުރިކަމުގެ މައްސަލައިގެ ތުހުމަތުގައެވެ. އެ މައްސަލައިގެ ތުހުމަތުގައި ފާރިސް ވަނީ މި މަހުގެ އެއްވަނަ ދުވަހު ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެ.