ޚަބަރު

"އަދީބު ބޭރަށް ފޮނުވައިފިނަމަ ފިއްލެވުމުގެ ފުރުސަތުބޮޑު"


ރިޔާސީ ލޯންޗޮކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ރޭވުމުގައި އިސްކޮށް ހުންނެވުމާއި، ހަތިޔާރުގެންގުޅުމާއި، ޚިޔާނާތުގެ ކުށް ސާބިތުވެ 33 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަ ފިއްލެވުމުގެ ފުރުސަތު ވަރަށްބޮޑުކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު މުޙަންމަދު އަނިލް ވިދާޅުވީ، އަދީބަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާއަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އެހެންނަމަވެސް އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ފުރުސަތު ދީފިނަމަ ފިލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާ އެފުރުސަތު ދިނުމަށް ސަރުކާރަށް ދަތިވަނީ އެހެންވެގެންކަމަށެވެ. 

މިހާރު ޖަލުގައި ހުންނެވި އަހުމަދު އަދީބުގެ އާއިލާއިން ވަނީ އޭނާގެ ބަލިހާލަތު ވަރަށް ސީރިއަސް ކަމަށް ބުނެ ރާއްޖެއިން ބޭރަށް އޭނާ ގެންދިޔުމުގެ ހުއްދަދިނުމަށް އެދިފައެވެ.