ތަޢުލީމު

ނެއްލައިދޫ ސްކޫލްގެ އައު ކްލާސްރޫމްތައް އެސްކޫލާއި ޙަވާލުކޮށްފި


ހދ.ނެއްލައިދޫ ސްކޫލްގައި ސަރުކާރުން އަލަށް ޢިމާރާތްކޮށްފައިވާ ތިން ކުލާސްރޫމާއި ސައިންސް ލެބްގެ މަސައްކަތް ނިންމައި، ނެއްލައިދޫ ސްކޫލާ ޙަވާލުކޮށްފިއެވެ.

މި ތިން ކުލާސްރޫމްގެ މަސައްކަތް ނިންމައި ޙަވާލުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ނެއްލައިދޫގައި ޢިމާރާތް ކޮށްފައިވާ ދެބުރީގެ މި ކުލާސްރޫމްގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްރޮޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޯކްޓޫބަރ މަހުގައެވެ. މި ޕްރޮޖެކްޓަށް ގާތްގަޑަކަށް 3.7 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވެފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. tw:https://twitter.com/EducationMV/status/874154532749492225

ނެއްލައިދޫ ސްކޫލަށް އަލަށް އިތުރުކުރި ބަޔާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ނެއްލައައިދޫ ސްކޫލަކީ ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދެމުންގެންދާ ސްކޫލެކެވެ. މި ސްކޫލްގައި 268 ކުދިން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.